މިދިޔަ މަހު ކުރީގެ އަމްބަރ ހާޑްގެ މައްޗަށް ކުރި އަބުރުގެ ދައުވާއެއް ކާމިޔާބު ކޮށް ފަލަ ސުރުޚީތަަކުން ފާހަގަވެގެންދިޔަ ހޮލީވުޑްގެ ކާމިޔާބު އެކްޓަރ ޖޯނީ ޑެޕް އެނބުރި ބޮޑުސްކްރީނުން ވަރަށް އަވަހަށް ފެނިގެންދާނެކަން ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބްރޭކްއަކަށްފަހު ޖޯނީ ޑެޕް އެކްޓިންގެ ދާއިރާއިން ފެނިގެންދާނީ ފްރާންސްގެ ފިލްމެއް ކަމަށްވާ "ލާ ފޭވަރިޓް" އިންނެވެ. މިފިލްމުގައި ޑެޕް ކުޅޭނީ 1715 އިން 1774 އަށް އެގައުމުގައި ވެރިކަން ކުރެއްވި ރަސްގެފާނު ލޫއީ ގެ ރޯލެވެ.

ނެޓްފްލިކްސް އިން މިހާރުވަނީ "ލާ ފެވަރިޓް" ފްރާންސްގެ ސިނަމާތަކުގައި ރިލީޒްކުރާތާ 15 މަސް ފަހުން، އެފިލްމު އޮންލައިންކޮށް ސްޓްރީމް ކުރުމުގެ ހުއްދަ ހޯދާފައެެވެ. ނަމަވެސް ފްރާންސް އިން ބޭރުގައި ފިލްމު ސްޓްރީމް ކުރުމުގެ ހުއްދައެއް އަދި ނެޓްފްލިކްސް އަށް ނުލިބޭކަމަށްވެއެވެ.

މިފިލްމު ރިލީޒް ކުރާނީ 2023 ވަނަ އަހަރު ކަމަށް ފިލްމު އުފައްދާ ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން