ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ކޮމާސް މިނިސްޓަރު މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ. ވަކީން ހާއްސަކޮށް ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި އެކި ރޮނގުތަކުން ރާއްޖެއަށް އެހީތެރިކަން ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ރައީސް ވަނީ ސައުދީ ސަރުކާރުން އެ މަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ފުރާ ވަޑައިގެންނެވީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު