އިބްރާހިމް ފަހީމް   7 ޖުލައި 2022 - 22:32
ނ. ހެނބަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ނ. އަތޮޅު ކައުންސިލުން މިރޭ ފޭސްބޫކްގައި ބުނެފައިވަނީ ނ. ހެނބަދޫ، ކުންނާރުމާގޭ އިބްރާހިމް ރާމިޒް ނަމަކަށް ކިޔާ މީހަކު ގެއްލިގެން ހޯދަމުން ދާކަމަށެވެ.

އަތޮޅު ކައުންސިލުން ބުނެފައިވަނީ، ރާމިޒް އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު އެރަށު ބަނދަރު ސަރަހައްދުން ކަމަށާއި އެވަގުތު އޭނާ ލައިގެން ހުރީ ހުދު ޓީޝާޓަކާއި ނޫ ކުލައިގެ ފަޓުލޫނެއް ކަމަށެވެ. އޭގެފަހުން އޭނާގެ ހަބަރެއް ނުވެގެން އޭނާ ހޯދުމަށް ފުލުހުންނާއެކު ވެސް މަސައްކަތް ކުރަމުން ދާކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.



ރާމިޒާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ މަނަދޫ ޕޮލިސްގެ ނަންބަރު 9792039 އަށް ގުޅާ ހިއްސާ ކޮށްދިނުމަށް އަތޮޅު ކައުންސިލުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު