ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ދުވަހަކު ވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
2023 ގެ ރިޔާސީ އިންތިހާބު ޤާސިމް އިބްރާހީމް ކާމިޔާބު ކުރެއްވުމަށް ރައީސް ޔާމީން ޖަލަށްލާން މަސައްކަތް ކުރައްވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން މިއަދު ވަނީ މާބޮޑު އަސާސެއް ނެތް ތުހުމަތު ތަކެއް ކޮށްފައެވެ. ޕީއެންސީގެ ރައީސް ޢަބްދުއް ރަހީމް (އަދުރޭ) މިއަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށް ލައިފިނަމަ ޕީޕީއެމުން ގާސިމަށް ތާއިދުކުރާނެކަމަށް ބުނެ ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދަމުންދާ ކަމަށެވެ.
އަދުރޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޤާސިމްގެ އެޑްވައިޒަރު އިލްހާމް ވިދާޅުވީ، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ދުވަހަކުވެސް މީހަކަށް އަނިޔާވެރިވާނެ މީހެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ޤާސިމް މިހާތަނަށް ވެސް އިންތިހާބުގައި ވާދަކުރައްވަނީ ވަކި ބަޔަކު ވާދަކުރައްވާތީ އެކަމަށް ބައްލަވާފައި ނޫން ކަމަށާއި އަދި ކުރިން ވެސް ރައީސް ޔާމީން ވާދަ ކުރެއްވި އިރު ގާސިމްވެސް ވާދަ ކުރެއްވި ކަމަށެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު ޖަލަށް ލުމުގެ ވިސްނުމެއް ޤާސިމްގެ ނެތް ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ޤާސިމް މި ވަގުތު ހުންނެވީ ވެސް ސަރުކާރުގެ އިސް މަގާމެއްގައި ނޫން ކަމަށާއި އެހެންކަމުން ރައީސް ޔާމިން ޖަލަށް ލުމަކީ ގާސިމަށް ކުރެވޭނެ ވެސް ކަމެއް ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ދަހިވެތިވެފައި ތިބި ބަޔަކު އެބަ އުޅޭ ކަމަށާއި އެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އިސްވެރިންތަކެއް ރައީސް ޔާމީން ޖަލަށް ލާން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު