ޖުމްހޫރީ ޕާޓީއަކީ، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަހަތުން އަނިޔާވެރިވާން ދުވާނެ ޕާޓީއެއް ނޫންކަމަށް އެ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި "ޔާމީން ޖަލަށް، ގާސިމް ވެރިކަމަށް އަންނަން ހުޅުވާ ދޮރެއް" މި ސުރުހީގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނާއި ޕީޕީއެމުން ޖޭޕީއަށް ކުރި އެފަދަ ތުހުމަތަކާއި ގުޅިގެން ޖޭޕީގެ ބަސް ހާމަ ކުރުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ ވެސް އެއްވެސް ސިޔާސީ ބޭފުޅަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށެވެ.
"ރައީސް މައުމޫނަށް ވެސް، ޑރ. ވަހީދަށްވެސް، ރައީސް ނަޝީދަށް ވެސް މި ގައުމުގައި ރިބަން ކަނޑާލަން ޝަރަފްގައި ގޮސް އެއް ޖަލްސާއެއްގައި ތިބުމުގެ ފުރުސަތު ލިބޭނީ ޖޭޕީގެ ވެރިކަމެއްގައި. އެމަންޒަރު ފެންނާނެ ﷲ ގެ ރަހުމަތްފުޅުން ރައްޔިތުން އަޅުގަނޑުމެންނަށް އެ ފުރުސަތު ދެއްވައިފިނަމަ. އެއް ޕްލެޓްފޯމަކުން އެއްތަނަކުން ހުރިހާ ބޭފުޅުން ތިއްބަވާތަން. އެއްވެސް ބޭފުޅަކު އަބަދު ކޯޓަށް ދަމާ ޕޮލިހަށް ދަމާ މިވެނި އެއްޗެއް އަޅުވާ އެކަންތައްތަކެއް ނުކުރައްވާނެ ޖުމްހޫރީ ޕާޓީއަކުން." އިލްހާމް ވިދާޅުވިއެވެ.
ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އައުމުން އެކަމާ އެންމެ އުފާވާނީ ޕީޕީއެމްގެ އިސްވެރިން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވާ 8 ބޭފުޅުން މިހާރުވެސް އިސް ސަފުގައި އެބަ ތިއްބެވި ކަމަށް އިލްހާމް ވިދާޅުވިއެވެ.
"ރެޔާއި ދުވާލު އެބޭފުޅުން ދުއާކޮށް، ކުރެވުނުހާ މަސައްކަތެއް ކުރަމުން ދަނީ ރައީސް ޔާމީން ޖަލަށްލެވޭތޯ." ކުރިން ޕީޕިއެމްގައި މަސައްކަތް ކުރެއްވި އިލްހާމް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ރައީސް ޔާމީން ނިކަމެތިވެ އަދި ދެރަކަމެއް ވާން ޖޭޕީން ނޭދޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު މީގެކުރިން ޖަލަށްލުމުން ޕީޕީއެމްގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އަވަސްވެގަތީ ޕާޓީ ދަމައިގަންނަން ކަމަށްވެސް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، ނޫސްވެރިން ބޭނުންވާ ލިޔުންތައް ލިޔުމަކީ އެ ފަރާތްތަކުން ކުރައްވަން ވާނެ ކަމެއްކަމަށާއި، ނަމަވެސް މިހާރު ޝާއިރުކޮށްގެން އުޅޭ ލިޔުމަކީ އެ ލިޔުމުގެ ފުރަތަމަ ކޮޅުގައި ޤާސިމަށް ތައުރީފު ކޮށްފައި ފަހުކޮޅުގައި "ކަރުގައި ވަޅި އަޅާގޮތަށް" ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމާއި ޢަލީ އާރިފް ވަނީ، ޖުމްހޫރީ ޕާޓީން މީގެ ކުރިން ހެދި ކޯލިޝަންތަކާއިއެކު ވެވުނު އެއްބަސްވުންތަކާއި ދެކެވުނު ވާހަކަތަކަށް ބަލާލާ އެކަންކަން އޭރު ހިނގި ގޮތާއި މެދު ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު