އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ބޮރިސް ވިދާޅުވެފައިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީން މިހާރު ބޭނުންވަނީ ޕާޓީގެ ލީޑަރުކަމަށާއި އަދި ބޮޑުވަޒީރު ކަމަށް އާ ބޭފުޅަކު ގެންނަން ކަމަށާއި އެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ތާއީދުކުރައްވާ ކަމަށެވެ.
އަދި ކޮންޒަވޭޓިވް ޕާޓީން އާ ލީޑަރެއް ހޮވަންދެން މަގާމުގައި ދެމި ހުންނަވާނެ ކަމަށްވެސް ބޮރިސް ވަނީ ވިދާޅުވެފައެވެ.
ބޮރިސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ފިރިހެނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ކްރިސް ޕިންޗާއަށް ސަރުކާރުގެ މަގާމެއް ދިނީ ތުހުމަތުތައް އެނގި ހުރެ ކަމަށް ބޮރިސް އިއުތިރާފްވުމުން އެކަމާ ނުރުހުން ފާޅުކޮށް ސަރުކާރުގެ އިސް ބޭފުލުންގެ ތެރެއިން ބަޔަކު އޭނާގެ ސަރުކާރުން ވަކިވެފައިވާ ދަނޑިވަޅެއްގައި ދިމާވި ފިއްތުންތަކާއި ގުޅިގެނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކެނބިނެޓް މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އެކަމާ ގުޅިގެން ބޮރިސް މައާފަށް އެދިވަޑައިގެންފައި ވީނަމަވެސް، މިހާތަނަށް ސަރުކާރުގެ އިސް މަގާމުތަކުގެ 50 އަށް ވުރެ ގިނަ ބޭފުޅުން ވަނީ އިސްތިއުފާ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު