ރަޝިޔާ އާއި ޔުކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރެއިން ހަނގުރާމަ ވެރިންނާއެކު ވޮލަންޓިއަރ ކުރަމުންދިޔަ ބްރެޒިލްގެ މޮޑެލްއެއް މަރުވެއްޖެއެވެ.

އުމުރުން 39 އަހަރުގެ ކުރީގެ މޮޑެލެއް ކަމަށްވާ ތަލިޓާ ޑޯ ވެލޭ މަރުވެފައިވަނީ ޔޫކްރޭނަށް ގޮސް ޔުކްރެއިނު ސިފައިންގެ ސްނައިޕަރ ސްކޮޑާ ގުޅުނުތާ ތިން ހަފްތާ ތެރޭގައި ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައެވެ.

ރަޝިޔާއިން މިސޭލު ހަމަލާ ދީފައިވަނީ ރަޝިޔާގެ ސިފައިން ފޭބި އަވަށަކުން ޔޫކްރޭންގެ މީހުން ސަލާމަތް ކުރުމުގެ މިޝަނެއްގައި ވެއްލޭ އާއި ޔޫކްރޭންގެ އެހެން ސިފައިންނާއެކު ހަރަކާތްތެރިވަމުން ދަނިކޮށެވެ.

މިހާދިސާގަައި ފުރަތަމަ މިސައިލް ހަމަލާއަށްފަހުވެސް ވެއްލޭ ހަރަކާތްތެރިވީ މީހުން ސަލާމަތްކޮށް އިންސާނި އެހީ ފޯރުކޮށްދިނުމަށްކަމަށްވެސް އެހެން ހަނގުރާމަވެރިން ފާހަގަކޮށްފައިވެއެވެ.

"އޭނާއަކީ ބަޠަލެއް، އަދި އޭނާގެ މަގުސަދަކަށްވީ އިންސާނީ އެހީ ފޯރުކޮށްދީ، މީހުންގެ ފުރާނަ ސަލާމަތް ކުރުން،" ބްރެޒިލްގެ ނިއުސް އައުޓްލެޓް ޔޫއޯއެލް އަށް ދިން އިންޓަވިއުއެއްގައި އޭނާގެ ބޭބެ ތިއޯ ރޮޑްރިގޯ ވިއެރާ ބުންޏެވެ.

ބްރެޒިލްގެ ސައޯ ޕައުލޯ ސިޓީއަށް ނިސްބަތްވާ ތަލީޓަ ޑޯ ވެލީ އަކީ ކުޑަކުއްޖެއްގެ ގޮތުގައި ވެސް ފެނިގެން ދިޔަ ބަތަލާއެކެވެ. އަދި 18 އަހަރު ފުރުމަށް ފަހު މޮޑެލެއްގެ ގޮތުގައި އޭނާ މަސައްކަތްކުރިއެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ޖަނަވާރުތަކުގެ އެކްޓިވިޒަމް އަށް ޝައުގުވެރިކަން ހުރި މީހެއްކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އޭނާ ސްނައިޕަރެއްގެ ގޮތުގައި ތަމްރީނު ހޯދާފައިވަނީ އިރާގުގެ ކުރްދީޝް ސަރަހައްދުގެ ސިފައިންގެ ތަމްރީނުތަކަކުން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން