މާލޭގެ އަމީނީ މަގުގައި ތާރުއެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭސީސީއަށް ހުށަހަޅަން ނިންމާފައިވަނީ 39 މިލިއަން ރުފިޔާއަށް ކުރިއަށްގެންދަން ނިންމާފައި އޮތް މަޝްރޫއެއް އެ ކައުންސިލްގެ އަތުން އަތުލައި 84 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ކުރެވޭ ތުހުމަތުތައް ސާފުކުރުމަށެވެ.
ސިޓީ ކައުންސިލުން މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަން ނިންމާފައިވާއިރު މަގު ހެދުމަށް މާލެ ސިޓީ ކައުންސިލާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ. ސިޓީ ކައުންސިލުން ބުނީ އެއްބަސްވުން ބާތިލުކުރީ ސިޓީއަކުންކަމަށާއި ލާމަރުކަޒީ ގާނޫނުން ވެސް، މާލިއްޔަތު ގާނޫނުންވެސް އަދި ކޮންޓްރެކްޓާ ބެހޭ ގާނޫނުންވެސް ސިޓީއެއް މެދުވެރިކޮށް އެއްބަސްވުމެއް އުވާލުމުގެ ހުއްދަ ނުދޭކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެއްބަސްވުން ގާނޫނާ ޚިލާފަށް ބާތިލްކޮށްފައިވާތީ އެ މައްސަލައިގައި ކޯޓު މަރުހަލާއަކަށް ދާންވެސް ކައުންސިލުން ނިންމާފައިވާކަމަށެވެ. އޭސީސީއާއި ކޯޓުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމީޓިއަށްވެސް މިމައްސަލަ ހުށަހަޅަން ވަނީ ނިންމާފައެވެ.
ނަމަވެސް ސަރުކާރުން ބުނީ ޕީޕީއެމް ކައުންސިލެއްގައި އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުން ނުވާކަމަށް ޑރ. މުޢިއްޒު ވިދާޅުވިކަމަށެވެ. އަދި މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތާއި މިނިސްޓްރީން ހަވާލުވީ ކައުންސިލުން އެ މަގު ރަނގަޅު ފެންވަރަކަށް ނަހަދާނެކަން އެނގޭތީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު