ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމުން، ޓީޖީއެސްޓީގެ ގޮތުގައި 6 ބިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އިޤްތިޞާދަށް މިވަގުތު އަންނަ ލޮޅުންތަކުން އަރައިގަނެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ ދައުލަތުގެ ޓެކްސް ސިޔާސަތަށް ބަދަލުތަކެއް ގެންނަން ނިންމާފައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ.
ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ޓެކްސް ބޮޑުކޮށްފިނަމަ ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ. އެގޮތުން މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އެ އަދަދަށް 4 ޕަސަންޓް އިތުރުކުރުމުން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އަދި ޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއަށް 2 ޕަސަންޓު އިތުރުކުރުމުން 850 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.
މި އަދަދުތަކަކީ މިދިޔަ އަހަރުގެ ހިސާބުތަކުން އަދަދުތައް ޖެހުމުން ލިބޭ އާމްދަނީއަށްވާއިރު، މިއަހަރު ދައުލަތަށް ލިބޭ އާމްދަނީ ހުންނާނީ ކޯވިޑްގެ ކުރިން ދައުލަތަށް އާމްދަނީ ލިބުނު މިންވަރާއި ގާތަށްކަމަށް ސަރުކާރުން ލަފާކުރެއެވެ. އެހެންކަމަށްވާނަމަ މި އަދަދުތައް މިއަށްވުރެ އިތުރުވެ، ޓީޖީއެސްޓީ 6 ބިލިއަން ރުފިޔާއަށް، ޖީއެސްޓީ 3 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
ސަރުކާރުން ލަފާކުރަނީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު 3 ބިލިއަން ރުފިޔާ ހޯދުމަށްކަމަށްވާއިރު، މިހާރު ޖަހާފައިވާ ހިސާބުތަކަށް ބަލާއިރު މިކަންކަން ހާސިލުކުރެވޭނެއެވެ.
ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް ކުރުމާއި، އިތުރު ޕްރޮޖެކްޓްތައް ފެށުން މަޑުޖައްސާލުން ހިމެނެއެވެ. މިކަންކަމާއެކު މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދު މިއަހަރު 12 އިންސައްތައާއި 16 އިންސައްތައިން ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު