ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ހައުސިން ޔުނިޓުތައް އަޅަން ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާނެވެ. ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮޮޕަރޭޝަންސް އަލީ ހަމްދޫނެވެ.



ހައުސިން މިނިސްޓްރީއިން ބުނީ އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އާއި 1،000 އަކަފޫޓުގެ އެއްބުރީގެ 50 ހައުސިން ޔުނިޓް ކަމަށެވެ.

މިއީ ދައުލަތުގެ ބަޖެޓުން 83.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެެކެވެ.



ކިޔުންތެރިންގެ ހިޔާލު