އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރް އާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދާއި އަލަމްގިރިގެ ޕާސްޕޯޓު ހިފެހެއްޓީ، އެ ދެ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމާއި ގުޅިގެނެވެ. ނަމަވެސް މިކަމާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެކުރިން މި ބަންގްލަދޭޝް މީހާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ފެންނަ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ. އެކަމާއި ގުޅިގެން ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ޖިނާއީ ތަހުގީގެެއް ދަނީ ހިންގަމުންނެވެ. އަދި ފުލުހުން ހިންގާ ތަހުގީގަށް ބިދޭސީ ފިރިހެން މީހާ މީގެކުރިން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.
ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފްތާއިން ފެށިގެން ވީޑިއޯތަކެއް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް ބަޔަކު ހައްޔަރުކުރިކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި މިމައްސަލަތަކާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު