މާލޭގެ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހަދަން މާލޭ ސިޓީކައުންސިލުން ބޭނުންނުވާ ކަމަށް ހައުސިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މާލޭގެ މަގު ހެދުމުގެ މަޝްރޫއު އެ ކައުންސިލުން އަތުލައި މާލޭ އަމީނީ މަގު ހެދުން ވަކި ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ހައުސިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލޭގެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 2019ވަނަ އަހަރު ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓް ތައާރަފުކުރީ މަޖިލީހާއި އޭރުގެ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށާއި، 2020 ވަނަ އަހަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ހެދި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ކުރިއަށްދިޔައީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އައު ކައުންސިލުން ބަދަލުތަކެއް ގެނައިކަމަށާއި، ބޮޑެތި ބަދަލުތަކެއްވެސް ގެންނަން މަސައްކަތްކުރިކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ބޮޑަށް އުނދަގޫވަނީ އަމީނީމަގުގެ މައްސަލައިގައި ކަމަށެވެ. އެހެންކަމުން އެމައްސަލަ އަށް ހައްލެއް ގެނައުމަށް އެ މަގު ރަނގަޅު ފެންވަރަކަށް ހެެދުމަށް ރައީސް ސާލިޙު ބޭނުންފުޅުވި ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެ ވާހަކަ މާލޭގެ މޭޔަރު ޑރ. މުއިއްޒަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންނުވާ ކަމަށް މޭޔަރު ވިދާޅުވި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ މޭޔަރު ޑރ.މުއިއްޒު އާރުޑީސީ އާއި މަޝްވަރާކުރެއްވީ ވަރަށް އާދައިގެ ގޮތަކަށް އަމީނީމަގު ހަދަން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ އެގޮތަކަށް ހަދާކަށް ދެން އެވާހަކަ މުއިއްޒަށް ދެންނެވީމަ ވިދާޅުވީ ތިމަންނަމެން މިއީ ޕީޕިއެމް ކައުންސިލެކޭ ބޭނުމެއް ނުވެޔޭ އަމީނީމަގު އެހާ ރަނގަޅު ފެންވަރަކަށް ހަދާކަށް. ދެން އަޅުގަނޑުމެންނަށް އެގިއްޖެ މިމަގު ނުހަށްދަވާނެ ކަން. އެެގުނީމަ ސަރުކާރުން މިނިންމީ ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް އެމަސައްކަތް މިނިސްޓްރީއަށް ނަގައި އެ މަސައްކަތް ކުރިއަށް ގެންދަން،" އެ ޕްރޮޖެކްޓް ސިޓީކައުންސިލުން އަތުލި ސަބަބު ހާމަކުރައްވަމުން އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު