މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޮޑުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ވަނީ ޓެކްސީ ދަތުރުތަކުގެ އާ އަގުތައް ކަނޑައަޅައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ. ސަރުކާރުން ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކުރަން ނިންމިއިރު ގިނަ ޓެކްސީ ތަކުން މިހާރު ވެސް ދަތުރު ކުރަނީ އެމީހުން އަމިއްލައަށް ހަމަޖައްސައިގެން އުޅޭ ސަރުކާރުގެ އަގުތަކަށް ވުރެ ބޮޑު އަގުތަކެއްގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން މިއަދުން ފެށިގެން ޓެކްސީ ދަތުރުގެ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިފަހަރު ސަރުކާރުން ހަމަޖައްސާފައިވާ އާ އަގުތަކަށް ބަލާއިރު މާލެއާއި ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކުގެ އަގު ވަނީ 25 ރުފިޔާއިން 30 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ދަތުރުގެ އަގު 85 ރުފިޔާ އަށް ބޮޑުކޮށް މާލެ އާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ދަތުރުތަކުގެ އަގު 100 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ކުރިން މާލެއިން ހުޅުމާލެއަށް 75 ރުފިޔާއަށް ދެވޭއިރު ދެވަނަ ފިޔަވައްސަށް ދަތުރަކަށް ނަގަމުން އައީ 90 ރުފިޔާއެވެ.
މި ބަދަލާއެކު މާލެއިން ހުޅުލެއަށް ދަތުރަކަށް ނަގަމުން އައި އަގު ވަނީ 70 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ހުޅުލެއާ ދެމެދު ދަތުރަކަށް ނަގާ އަގު 80 ރުފިޔާއަށް ބޮޑު ކޮށްފައިވާއިރު ދެވަނަ ފިޔަވައްސާ ހުޅުލެއާ ދެމެދު ދަތުރަކަށް ނަގާ އަގު ވަނީ 85 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދެމެދު ޓެކްސީ ދަތުރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 40 ރުފިޔާއެެވެ.

ކިޔުންތެރިންގެ ހިޔާލު