ރައްޔިތުންނަށް ބޭނުންވާ ތެޔޮ ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު މިއަދު ދެއްވައިފިއެވެ.
އިގުތިސާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާއެކު އެސްޓީއޯއިން ދޫކުރާ ތެޔޮ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ވިއްކާކަމަށް އަޑު ފެތުރިފައިވަނިކޮށް، އެސްޓީއޯއާއި އެމްއޭސީއެލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ، އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށާއި އެމްއޭސީއެލަށް ވެސް ބޭނުންވާ ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އޭނާ ވިދާޅުވީ، ޖެޓް ފިއުލް ކޮންޓްރޯލެއްގެ ދަށުން ދޫކުރަން ނިންމީ، ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ގައުމުތަކުގެ އިގުތިސާދަށް ކުރާ އަސަރާއިއެކު، ޖެޓްތަކަށް ބޭނުންވާ ތެޔޮ އެއްވެސް ލިމިޓެއް ނެތި ދޫކުރެވެން ނެތުމުން ކަމަށެވެ. ނަމަވެސް، އެއްވެސް ބޯޓަކަށް ބޭނުންވާ ތެޔޮ ނުދީ ދޫކޮށްނުލައްވާ ކަމަށާއި، ބޭނުންވާހާ މިންވަރަކަށް ދޫކުރުން މަޑުޖައްސާލެވިފައި ވަނީ ކަމަށެވެ.
"މިހާރު ދިމާވެފައިވާ މައްސަލައަކީ އެއް މަސް ކުރިން ހައްދާފައިވާ ޝެޑިއުލްއަކަށް އިތުރަށް ކޭޓާ އެބަ ކުރަންޖެހޭ، މިހާރު ސްރީލަންކާއަށް ދިމާވެފައިމިވާ ހާލަތުން އިތުރު ފްލައިޓްތަކަށް. އެހެންވީމަ އެއްވެސް ބަޔަކު ދޫނުކޮށްލާ، ކޮލޮންބޯއިން އަންނަ ފްލައިޓްތައްވެސް އަދި ކޮލަމްބޯ ތްރޫކޮށް ކުރިން އަޅަމުން ދިޔަ ފްލައިޓްތައްވެސް ދޫނުކޮށްލާ އެމީހުންނަށް ވެސް ކޮންމެވެސް ވަރަކަށް ކޭޓަރ ކޮށްގެން ކުރިޔަށް ގެންދާ ވާހަކަ އެ ވިދާޅުވީ." ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ތެލެއް ނެތޭ ބުނެ އެއްވެސް ޖެޓަކަށް ތެޔޮ ނުދީ ދޫ ނުކޮށްލައްވާ ކަމަށެވެ. އަދި ކޮންމެ ޖެޓަކަށްވެސް ތެޔޮ ލިބޭގޮތަށް ތާވަލު ކުރެވިގެން އެ މަސައްކަތް ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ހަމަ ގިނަ އަދަދެއްގެ އެއާލައިންތަކަށް ވެސް ދޫނުކޮށްލާ އެމީހަކާ އެމީހެއް، ތެލެއް ނެތޭ ނުދޭނަމޭ، އެހެން ބުނެފަ ދޫނުކޮށްލާ ހަމަ އެމީހުންނަށް ވެސް ކޭޓަރ ކޮށްގެން އަދި އަޅުގަނޑުމެންގެ މި ޝެޑިއުލަށް އަންނަ ލޯޑު ޕޯޓް ކޮންޑިޝަންއާ މޫސުމާ އެ ހުރިހާއެއްޗަކާވެސް ލައިގެން ވެސް އެބަ މެނޭޖް ކުރެވޭ." އަމްރު ވިދާޅުވިއެވެ.
ތެޔޮ ވިއްކާ އާންމު ފަރާތްތަކަށް ދޫކުރާ ތެޔޮ ވެސް ކޮންޓްރޯލެއްގެ ދަށުން ދޫކުރަންޖެހުނު ސަބަބު އަމްރުވަނީ ވިދާޅުވެދެއްވާފައެވެ. އަމްރު ވިދާޅުވީ، އެކަން އެގޮތަށް ކުރަންޖެހުނީ، އާންމުކޮށް ވަރަށް މަދުން ތެޔޮ ގަންނަ ފަރާތްތަކުން ވެސް އާންމުންނަށް ދޫކުރާ ރޭޓުގައި ގިނަ އަދަދަކަށް ތެޔޮ ގަނެގެން ރިސޯޓުތަކަށް ތެޔޮ ވިއްކާކަމުގެ ޝަކުވާ ލިބެމުންދާތީކަމަށެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލުން ވެސް ވަނީ، ޖެޓްފިއުލް ކޮންޓްރޯލް ކޮށްގެން ވިއްކަން ފެށިނަމަވެސް، އުދުހުންތަކަށް އޭގެ އަސަރު ނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު