ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން ބިން މުޙައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ ފަޟްލޫން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރުނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 16 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން، ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝެއިޚް ނިޝާންގެ ބަނދުގެ މުއްދަތުވެސް އިއްޔެ ވަނީ 13 ދުވަހަށް އިތުރުކޮށްފައެވެ. އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޝެއިހް ފަޒްލޫނާއި ޝެއިހް އާދަމް ނިޝާންގެ ދަރުސް ދިނުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.
މި ދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު