މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޤާނޫނީ ލަފާ ދިނީ އެއްބަސްވުންތަކާއި ގުޅޭގޮތުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.
ބަންޑާރ ނައިބުގެ އޮފީހުން މިހާރު ވަނީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކި ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ޤާނޫނީ ލަފާ ދެއްވި ގޮތުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
ބަންޑާރަ ނައިބު އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަަަމަ 6 މަސް ދުވަހުގެ ތެރޭގައި 471 މައްސަލައަކާއި ގުޅޭގޮތުން ޤާނޫނީ ލަފައަަކަށް އެދިފައިވާއިރު، އޭގެ ތެރެއިން 428 ކަމަކާއި ގުޅޭގޮތުން ޤާނޫނީ ލަފާދީފައިވެއެވެ.
ތަފާސް ހިސާބުގެ ތަފްސީލަށް ބަލާއިރު، އެއްބަސްވުންތަކާއި ގުޅޭގޮތުން 122 ލަފައެއް ޤަވާއިދުތަކާއި ގުޅޭގޮތުން 81 ޤާނޫނީ ލަފައެއް، އުޞޫލުތަކާއި ގުޅޭގޮތުން 26 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 5 ލަފައެއް އަދި ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން 7 ލަފައެއް ވަނީ ދީފައެވެ. އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 187 ލަފައެއް ދީފައިވެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ލަފާ ދިން މައްސަލަތަކުގެ ތެރޭގައި މިދިޔަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި މައްސަލަތައްވެސް ހިމެނޭކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މި އޮފީހުން ދިން ލަފާގެ ތަފާސްހިސާބު pic.twitter.com/YwjvEmgJhL
— AG Office Maldives (@AGOmv) July 4, 2022
ތަފާސް ހިސާބުގެ ތަފްސީލަށް ބަލާއިރު، އެއްބަސްވުންތަކާއި ގުޅޭގޮތުން 122 ލަފައެއް ޤަވާއިދުތަކާއި ގުޅޭގޮތުން 81 ޤާނޫނީ ލަފައެއް، އުޞޫލުތަކާއި ގުޅޭގޮތުން 26 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 5 ލަފައެއް އަދި ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން 7 ލަފައެއް ވަނީ ދީފައެވެ. އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 187 ލަފައެއް ދީފައިވެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ލަފާ ދިން މައްސަލަތަކުގެ ތެރޭގައި މިދިޔަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި މައްސަލަތައްވެސް ހިމެނޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު