ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް މަދީނާގައި ހުންނަ މަސްޖިދުއްނަބަވީއަށް ޒިިޔާރަތްކޮށްފިއެވެ.



ރައީސުލްޖުމްހޫރިއްޔާ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތީ މިއަހަރުގެ ހައްޖުގެ އަޅުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސްޖިދުއްނަބަވީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަކް ޕްރެޒިޑެނޓް ފޯރ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓް މޮސްކް ޑރ.މުޙައްމަދު އަލް ޚުދައިރީއެވެ.



ރައީސް ސާލިހު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން މިއަހަރު 453 މީހަކު ހައްޖުގެ އަޅުކަމަށް ސައުދީއަށް ގޮސްފައިވާއިރު ރާއްޖޭގެ ފަރާތުން މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީއެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު