މާލޭ އެކުވެނި ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިއޯ އެެއް އާންމުވެއްޖެއެވެ.
ކާރެއް ކޮންޓްރޯލް ނުވެގެން އައިސް އެމްޓިސީސީގެ ބަހެއްގައި ޖެހިގެން ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި އަންހެނަކު ވަނީ މަރުވެފައެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، ހަމަ އެމަގުން ދުއްވާފައިދިޔަ ބަހެއްގައި ޖެހިގެންކަމަށެވެ. މި އެކްސިޑެންޓްގެ ވީޑިއޯ އެއް އާންމުވެފައިވާއިރު އެވީޑިއޯ އިން ފެންނަގޮތުން އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެެ.
އެކްސިޑެންޓުވި ރަތް ކުލައިގެ ކާރު މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލޭނުންނެެވެ. އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއް ވެސް އައީ މަގުގެ އަނެއްކޮޅުންނެވެ. ބޯކޮށް ވާރޭވެހެމުންދިޔަ އެވަގުތު ކުއްލިއަކަށް ކާރު ކޮންޓްރޯލުން ނެއްޓި އެބުރެމުން ކަހަލަ ގޮތަކަށް އައިސް ބަހުގައި ޖެހުމާއި އެކު ކާރުގެ ކުރީކޮޅު ފުޑުފުޑުވިއެވެ. އެމްޓީސީސީގެ ބަސް ދުއްވާފައި ދިޔައީ އާދައިގެ މަޑު ސްޕީޑެއްގައި ކަމުން ކާރު އައިސް ބަހުގައި ޖެހުމާއެކު ބަސް ކޮންޓްރޯލްކޮށް ހުއްޓާލިކަން ވީޑިއޯއިން ފާހަގަ ވެއެވެ. އެހެންކަމުން މި އެކްސިޑެންޓް ހިނގުމުގައި އެމްޓީސީސީގެ ބަސް ޑްރައިވަރުގެ އެއްވެސް އިހުމާލެއް ނެތްކަން ވިޑިއޯއިން ފާހަގަވެއެވެ.
މި އެކްސިޑެންޓް ހިނގުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ކަސްރަތު ކުރާ ދެމީހަކު ދުވެފައި ދާތަން ވީޑިއޯ އިން ފެނެއެވެ. އެ މީހުންގެ ގައިގައި ވެސް ކާރުން ނުޖެހި ސަލާމަތްވީ ހަނިގޮތަށެވެ. ވީޑިއޯ އިން ފެންނަގޮތުން އެންމެ ފުރަތަމަ އަނިޔާވި މީހުންނަށް އެހީވަނީ ކަސްރަތު ކުރަން ދުވެ އުޅުނު ބައެކެވެެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އިތުރު މީހެއްގެ ސާޖަރީއެއް ހަދަމުން އަންނައިރު އަނިޔާވި އެކަކު އަދި ހޭނާރާ ކަމަށްވެއެވެ. އެކްސިޑެންޓުގައި ބަސް ޑްރައިވަރާއި ދެ އެހީތެރިންނަށް ވެސް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް އޭޑީކޭގައި ފަރުވާދިން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހުގެ ކުރީކޮޅު ބަނޑިވެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު