އިއްޔެ މޯލްޑިސް މަނިޓަރީ އޮތޯރިޓީން ރާއްޖޭގައި މުޅިން އަލަށް އިފްތިތާހުކުރި، ދިވެހި ރުފިޔާގެ ސިމްބަލް، ތާނަ ފޮންޓުގައި ފަސޭހައިން ލިޔެވޭގޮތަށް ހަދައިފިއެވެ.

މިކަން ފަހިކޮށްދީފައިވަނީ، ދިވެހި ފޮންޓް އުފެއްދުމާއި ދިވެހި ބަހަށް އެފަދަ އެކި ހިދުމަތްތައް ކޮށްދެމުންދާ "އަކުރު ޓައިޕް" އިންނެވެ. އެ ފަރާތުން، މިއަދުވަނީ، މަޝްހޫރު ޢަބްދުﷲ ވަޙީދުގެ، އެމްވީ ފަސޭހަ ފޮންޓަށް އަޕްޑޭޓެއް ގެނެސްފައެވެ.

އެގޮތުން، އެ ފޮންޓުން ލިޔަމުންދާއިރު ޑޮލަރ ސިމްބޮލަށް ފިތާލުމުން ލިޔެވޭނީ، ދިވެހި ރުފިޔާގެ ސިމްބަލްކަމަށް ފޮންޓް އަަޕްޑޭޓްކުރި ފަރާތުން ވަނީ ބުނެފައެވެ.

މިހާތަނަށް އައިއިރު ރުފިޔާގެ ސިމްބަލެއް ތައާރަފު ނުކޮށް، ރުފިޔާ ލިޔަން ބޭނުންކުރަމުން ދިޔައީ ހަމަ އެކަނި ރ. އެކެވެ. އެހެންކަމުން، ތާނަ ފޮންޓުތަކުގައި ވަކި ސިމްބަލެއް ގޮތަށް އެ އަކުރު ހާއްސަކޮށް ލިޔެވޭގޮތަކަށް ނޯވެއެވެ.

އިއްޔެ ތައާރަފުކުރި ދިވެހި ރުފިޔާގެ ސިމްބަލްގައި ވަނީ ވަރަށް ފަސޭހައިން ލިޔެވޭގޮތަށް ފަރުމާކޮށްފައިވާ "ދެ ރ" އެކެވެ. މި ސިމްބަލަށް ގިނަބަޔަކު ފާޑުކިޔަމުން ދިޔަނަމަވެސް އަނެއް ބަޔަކު ބުނަމުންދަނީ، ފަސޭހައިން ލިޔެވޭނެ ސިމްބަލެއްގޮތަށް ބަލާނަމަ، މި އުފެއްދި ސިމްބަލް މާބޮޑަށްވެސް ރަނގަޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު