ވިލާ ގޭހުގެ ކޮމްޕޮސިޓް ފުޅިއަށް ހެޔޮ އަގެއްގައި ބަދަލުކުރެވޭނެ ހާއްސަ ޕްރޮމޯޝަނެއް ވިލާ ހަކަތައިން މިއަދު ފަށައިފިއެވެ.

ވިލާ ހަކަތައިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮމްޕޮސިޓް ފުޅި ބޭނުން ނުކުރާ ކަސްޓަމަރުންނަށް އެންމެ 499ރ. އަށް ލުއި ފުޅިއަށް ބަދަލުކުރޭނެ ކަމަށާ އެ ކުންފުނީގެ ނަންބަރު 3336633 އަށް ގުޅައިގެން މި ޕްރޮމޯޝަންގެ ދަށުން ލުއި ފުޅިއަށް ބަދަލުކުރެވޭނެ ކަމަށެވެ.

ބަރުދަނުގައިވެސް އެންމެ 6.6 ކިލޯ ހުންނަ މި ރައްކާތެރި ކޮމްޕޮސިޓް ފުޅި ވިލާ އިން ތައާރަފްކުރީ 2017 ގައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ޑެޑިކޭޓެޑް ޓީމެއް އޮތް ވިލާ ގޭހަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ އެއް ބްރޭންޑެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިންގެ އޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރިހިންގާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރުކުރެވޭ ފަރާތެވެ.

ވިލާ ހަކަތައިން އަލަށް ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން