މާލޭގައި ކާރަކާއި ބަހެއް ޖެހިގެން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) ގެ ބަހަކާއި ކާރަކާއި ޖެހިގެން ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ މާލޭ ކުޅިވަރު އެކުވެނި ދަނޑު ހިމެނޭ ސަރަހައްދުގަ އެވެ. މި އެކްސިޑެންޓްގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނީ މިރޭ ހިނގި އެކްސިޑެންޓްގަައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށާއި އަދި އޭގެތެރެއިން އެކަކު މިހާރު ނިޔާވެފައިވާކަމަށެވެ. ފުލުހުންބުނީ ނިޔާވެފައިވަނީ އަންހެނެއް ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، ހަމަ އެމަގުން ދުއްވާފައިދިޔަ ބަހެއްގައި ޖެހިގެންކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމްޓީސީސީން ވަނީ މި އެކްސިޑެންޓާއި ގުޅިގެން ވެސްޓުޕާކު ބަހުގެ ރޫޓޫގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕަށް މި ރޫޓު ބަދަލުކޮށްފަ އެވެ.
މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހުގެ ކުރީކޮޅު ބަނޑިވެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު