ހިޔާ މަޝްރޫއުން ގުޅިފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ވިނަރެސް ފުލެޓު އިހުތިޔާރު ކުރުމަށްފަހު ކެންސަލްކޮށް ހިޔާ ފުލެޓު އިހުތިޔާރު ކުރަން ބޭނުންވި 3 ފަރާތެއްގެ ގުރުނެގުން މާދަމާ ކުރިޔަށް ގެންދާގޮތަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ، ހިޔާ މަޝްރޫއުން ގުޅިފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ވިނަރެސް ފުލެޓު އިހުތިޔާރު ކުރުމަށްފަހު ކެންސަލްކޮށް ހިޔާ ފުލެޓު އިހުތިޔާރު ކުރަން ބޭނުންވި 3 ފަރާތެއްގެ މައުލޫމާތު ޕްލޭނިންގ މިނިސްޓްރީން ކަށަވަރު ކުރުމަށްފަހު އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ގުރުނެގުން 5 ޖުލައި، މާދަމާގެ 13:00 ގައި އޮންނާނެކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، ގުރުއަތު ނެގުން ކުރިޔަށް ދާނީ ކުރިއެކޭވެސް އެއްފަދައިން އެފަރާތްތަކުގެ އައިޑީކާޑު ނަންބަރު ތަރުތީބުންކަމަށެވެ. އަދި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ އަދަދު މަދުވުމުން، ލިސްޓްގައިވާ ފަރާތްތައް ގުރުއަތުނެގުމަށް ހާޒިރުވުމަށް ފުރުސަތު ދޭން ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެޗްޑީސީގެ ފޭސްބުކް ޕޭޖުން މި ރަސްމިއްޔާތު ވަގުތުން ދައްކާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކަށް މީހުން ވެއްދުމަށްޓަކައި މިދިޔަ އަހަރުތެރޭގައި އެޗްޑީސީންވަނީ ގިނަ ދުވަސްތަކެއްމަތިން ގުރުއަތުނެގުން ކުރިޔަށް ގެންގޮސް ނިންމާލާފައެވެ. އަދި ފްލެޓް ލިބުނު ގިނަ އާއިލާތަކަކުން މިހާރު ވަނީ ފުލެޓުތަކަށް ދިރިއުޅުން ބަދަލުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު