ރައްޔިތުންނަށް މުހިންމު ކަންކަން ލަސްވެގެންދާން ސަރުކާރުން ދޫކޮށްނުލެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލުމަށް ކެބިނެޓުން ނިންމުމާއި ގުޅިގެން ހިނގަމުންދާ ޚިޔާލުތަފާތުވުންތަކަށް ރައްދު ދެއްވަމުންނެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލަށް އެކަން ކުރިއަށް ނުގެންދެވުނު ކަމަށް ބުނެ މާލޭ އަމީނީ މަގު ހެދުން ވަކި ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ. އެއީ ގާނޫނާއި ޚިލާފު ނިއްމުމެއް ކަަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ޤާނޫނުގައި ކަންކަން އޮތީ ވަރަށް ސާފުކޮށް ލިޔެފައި ކަމަށާއި ރައްޔިތުންނަށް މުހިއްމު ކަންކަން ލަސްވެގެންދާން ދޫކޮށްލައިގެން ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ.
"ރައްޔިތުންގެ އަސާސީ ކަންކަމާގުޅޭ މުހިއްމު މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދާނެ." ހަމްދާން ވިދާޅުވިއެވެެ.
"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" މާލޭ ސިޓީ ކައުންސިލާ ހަވާލުކުރީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މޭޔަރަކަށް ހުންނެވި ދުވަސް ވަރުއެވެ. ފަހުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް އިންތިހާބުވުމުން ވެސް އެ މަޝްރޫއު އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި އާރުޑީސީއާ އެކު ވަނީ ސޮއިކޮށްފަ އެވެ.
އެހެން ނަމަވެސް ސިޓީކައުންސިލަށް އެމަސައްކަތް ނުކުރެވުނު ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އާރުޑީސީއާ އެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ހަވާލުކޮށްފަ އެވެ.
މިމައްސަލައިގައި މޭޔަރު މުޢިއްޒާއި އާރްޑީސީގެ އެމްޑީއާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

ޤާނޫނުގައި މިކަން އޮތީ ވަރަށް ސާފުކޮށް ލިޔެފައި. ރައްޔިތުންނަށް ނުހަނު މުހިއްމު ކަންކަން ލަސްވެގެންދާން ދޫކޮށްލައިގެން ސަރުކާރަށް ނުތިބެވޭނެ. ރައްޔިތުންގެ އަސާސީ ކަންކަމާގުޅޭ މުހިއްމު މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދާނެ. https://t.co/dmG5SwIzTv pic.twitter.com/LtjStdGPNG
— Hamdhan (@Ahmed_hamdhan) July 4, 2022
"ރައްޔިތުންގެ އަސާސީ ކަންކަމާގުޅޭ މުހިއްމު މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދާނެ." ހަމްދާން ވިދާޅުވިއެވެެ.
"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" މާލޭ ސިޓީ ކައުންސިލާ ހަވާލުކުރީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މޭޔަރަކަށް ހުންނެވި ދުވަސް ވަރުއެވެ. ފަހުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް އިންތިހާބުވުމުން ވެސް އެ މަޝްރޫއު އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި އާރުޑީސީއާ އެކު ވަނީ ސޮއިކޮށްފަ އެވެ.
އެހެން ނަމަވެސް ސިޓީކައުންސިލަށް އެމަސައްކަތް ނުކުރެވުނު ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އާރުޑީސީއާ އެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ހަވާލުކޮށްފަ އެވެ.
މިމައްސަލައިގައި މޭޔަރު މުޢިއްޒާއި އާރްޑީސީގެ އެމްޑީއާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު