މާލޭގައި ބަހަކާ ކާރެއް ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) ގެ ބަހަކާއި ކާރަކާއި ޖެހިގެން ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ މާލޭ ކުޅިވަރު އެކުވެނި ދަނޑު ހިމެނޭ ސަރަހައްދުގަ އެވެ. މި އެކްސިޑެންޓްގައި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކާރުގައި ތިބި ހަތަރު މީހަކަށެވެ. އެމީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެެ.
އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަށް އިމަޖެންސީ ރޫމުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ހާމަައެއް ނުކުރެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:09 ހާއިރު ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހުގެ ކުރީކޮޅު ބަނޑިވެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު