ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިޓްތަކަށް ދަތިނުވެ ތެޔޮ ލިބޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
ޖެޓް ފިއުލް ލިބުމުގައި ދިމާވެފައިވާ ދަތިތަކަކާއި ގުޅިގެން މިވަގުތު ޖެޓް ފިއުލް ވިއްކުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ދައުރުކުރަމުންދާ ސާކިއުލާއާއި ގުޅިގެން މިއަދު އެ ކުންފުނިން ބުނީ އެ ކުންފުނިން ވަނީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުންހުންތަކާއި ބޭރުގެ އުދުންހުންތަކުގައި ބޭނުންކުރާ ތެޔޮ ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން ބޭނުންވާ ވަރަށް ފްލައިޓްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެ ކުންފުނިން މިއަދު ބުނީ، އެއަރޕޯޓުގައި އާއްމުކޮށް ތެޔޮ ރައްކާކޮށްފައި ހުންނަނީ މަހުން މަހަށްކަމަށާއި، ދެން އަންނަ ތެޔޮ ޝިޕްމަންޓް މިމަހުގެ 15 ގައި ލިބޭނެކަމަށެވެ. އަދި އެހާތަނަށްވެސް އެއަރޕޯޓުން ފްލައިޓްތަކަށް ދަތިނުވާވަރަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެކުންފުނިން ބުނެއެވެ.
އެމްއޭސީއެލުން ބުނީ، މިފަހުން ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ލަންކާގައި ތެޔޮ ލިބުންދަތިވެ، ލަންކާއިން ރާއްޖެ އަންނަ ގިނަ ބޯޓުތަކުން، ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެންދާކަމަށެވެ. އަދި އެހެންކަމުން ހީކުރި ވަރަށްވުރެ ގިނައިން ތެޔޮ ވިކިފައިވާކަމަށް އެކުންފުނިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މިމަހު ރާއްޖެ އަންނަން އޮތް ތެޔޮ ޝިޕްމަންޓު އައުމާ ހަމައަށްވެސް ފްލައިޓްތަކަށް ބޭނުންވާ ތެޔޮ އެއަރޕޯޓުން ލިބޭނެކަމަށާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއްނައިސް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު