އުގައިލް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކޯޑިން ދަސްކުރަމުންދާ ތަޒްކިޔާ ހޫދުގެ އުމުރުން އަދި މިވީ އެންމެ 14 އަހަރެވެ.

ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ މަސައްކަތްކުރަމުންދާ ތަޒްކިޔާ ދަނީ އުގައިލް ފައުންޑޭޝަނުން މިއަހަރު ހިންގަމުންދާ އެޑްވާންސް ކޯޑިންޑް ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ހޯދަމުންނެވެ.

އޭއައިގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށްދިއުމަށް ޝައުގުވެރިކަން ހުރި ތަޒްކިޔާގެ އުންމީދަކީ މެޑިސިން ނުވަތަ އައިސީޓީގެ ދާއިރާއިން ކުރިއަށް ދިއުމެވެ. އެގޮތުން އުމުރާ ގުޅޭގޮތުން އޭއައި އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އުގައިލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމްތަކުން މިދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށް ތަޒްކިޔާ ފާހަގަކުރިއެވެ.



އުގައިލް ފައުންޑޭޝަނުން ހިންގާ އެޑްވާންސް ކޯޑިންޑް ޕްރޮގްރާމަކީ ޖާވާ ސްކްރިޕްޓާއި ޕައިތޯން ފަދަ ޕްރޮގްރާމިންގް ލެންގުއޭޖް ދަސްކޮށްދިނުމުގެ އިތުރުން، ވެބް އެޕް ޑިވެލޮޕް ކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސާއި ބެހޭގޮތުން އެކި އެކި ކްލާސްތައް ހިމެނޭ ޕްރޮގްރާމެކެވެ.

ތަޒްކިޔާ ބުނީ މިދާއިރާއަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ އުފަންދުވަހު ލިބުނު ހަދިޔާއަކުން ކަމަށެވެ. ޕްރޮގްރާމިންގް ލެންގުއޭޖް ބޭނުން ކުރަން ޖެހޭ މިހަދިޔާ އާއެކު، ކޯޑިންގ ދަސްކުރަން ތަޒްކިޔާ އެންމެ ފުރަތަމަ ބައިވެރިވީ އުގައިލް ފައުންޑޭޝަނުގެ ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމުގައެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ތަޒްކިޔާ އަކީ އެކިކަހަލަ އެޑްވެންޗަރަސް ކުޅިވަރު ކުޅުމަށްވެސް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެގޮތުން ތަޒްކިޔާ ބުނީ ޖެޓް ސްކީ އަދި ގޯ ކާޓިންގެ އިތުރުން، ޑައިވް ކުރާ ހިތްވާކަމަށެވެ. ތަޒްކިޔާ ވަނީ ޕަޑީ އޯޕަން ވޯޓަރ ޑައިވިންގ ކޯސްވެސް ފުރިހަމަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މާޖިދު

07-Jul-2022

ގަދަ. މާޝާއައްފ ކާމިޔާބީއަށް ހެޔޮ ދުއާ



ޓްރެންޑިން