ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓްގެ ނަމަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓަރުން ކަމަށް އެޕާޓީން ނިންމައިފިއެވެ.
ޕީޕީއެމުން ބުނީ އެޕާޓީގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިބަދަލު ގެނައި ސަބަބެއް ޕީޕީއެމުން ނުބުނެއެެވެ.
ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކުރި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ގުނަވަނަކަށް ސެނެޓްގެ ނަން ދިން ފުރަތަމަ ފަހަރެވެެ. މިހާތަނަށް ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި ކަންކަން ނިންމަން އޮންނަ އެންމެ އިސް ގުނަވަނަށް ކިޔަނީ ކައުންސިލެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގައި ޕާޓީގެ އެންމެ އިސް ގުނަވަނަށް ކިޔަނީ ގައުމީ މަޖިލީސް ކަން ފާހަގަކޮށްލެވެއެވެ.
ޕީޕީއެމްގެ ސެނެޓަކީ އެޕާޓީގެ މުހިއްމު ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ޕާޓީގެ އެންމެ މުހިއްމު އެއް ގުނަވަނެވެ.

PPM ge Council ge nan Senate ah badhal koh council memberunnaky Senators kamah mirey beyvvunu council ge badhdhal vumun faas koffi. pic.twitter.com/zfboyyzCZX
— Progressive Party of Maldives (@ProgressPartyMV) July 3, 2022
ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކުރި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ގުނަވަނަކަށް ސެނެޓްގެ ނަން ދިން ފުރަތަމަ ފަހަރެވެެ. މިހާތަނަށް ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި ކަންކަން ނިންމަން އޮންނަ އެންމެ އިސް ގުނަވަނަށް ކިޔަނީ ކައުންސިލެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގައި ޕާޓީގެ އެންމެ އިސް ގުނަވަނަށް ކިޔަނީ ގައުމީ މަޖިލީސް ކަން ފާހަގަކޮށްލެވެއެވެ.
ޕީޕީއެމްގެ ސެނެޓަކީ އެޕާޓީގެ މުހިއްމު ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ޕާޓީގެ އެންމެ މުހިއްމު އެއް ގުނަވަނެވެ.
ކިޔުންތެރިންގެ ހިޔާލު