ބިދޭސީން ގެނައުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ޕޯޓަލް ކޮޕީކޮށްގެން، އޮންލައިން ޕޯޓަލްތަކެއް ހަދައިގެން އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން ބައެއް ފަރާތްތަކުން މަަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގިނަ ފަހަރަށް އެ ކަހަލަ ޕޯޓަލް/ ވެބްސައިޓްތަކަކީ އޮޅުވާލައިގެން، ޔޫޒާ އެކައުންޓުގެ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ވެބްސައިޓްތަކެއް ކަމަށެވެ. އޮޅުވާލައިގެން ބިދޭސީން ގެންނަ ކަމަށް ފާހަގަވެފައިވާ ވެބްސައިޓުތަކެއް ވެސް އެ މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ މީހުން ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެ މިނިސްޓްރީން ހިންގާ އޮންލައިން ޕޯޓަލް/ ވެބްސައިޓްގެ ލިންކަކީ އެސްޕަޓް.އީގަވް.އެމްވީ އެވެ. ހިދުމަތް ހޯދާއިރު ވަދެވެނީ އެ ވެބްސައިޓަށްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ޕޯޓަލް އަކީ ބިދޭސީން ގެނައުމާ ގުޅޭ ކޯޓާ އާއި ވަޒީފާ އަދާކުރުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެެވެ.
މީގެ އިތުރުން އެ ޕޯޓަލް/ ވެބްސައިޓް ފިޔަވައި އެއްވެސް އެހެން ސައިޓަކަށް މައުލޫމާތު ނުދިނުމަށާއި އަދި އެފަދަ ސައިޓަކަށް ވަދެވިފައިވާ ނަމަ ޕާސްވޯޑް ރީސެޓްކުރަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އިމިގްރޭޝަންގެ ނަމުގައި ވެސް ފޭކް ވެބްސައިޓެއް ހިންގާތީ އެ އިދާރާއިން މިއަދު ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މި މިނިސްޓްރީއިން ފަރުމާކޮށް އާމުންނަށް ހުޅުވާލާފައިވާ ޕޯރޓަލް، އެކްސްޕެޓް އޮންލައިން (https://t.co/67zUqCTmTS)، ނަކަލުކޮށް، އޮންލައިން ޕޯރޓަލްތައް ހަދަމުން ދާކަން މި މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ pic.twitter.com/vzIl7qXRk9
— Economy & Trade (@MoEDmv) July 3, 2022
ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ މީހުން ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެ މިނިސްޓްރީން ހިންގާ އޮންލައިން ޕޯޓަލް/ ވެބްސައިޓްގެ ލިންކަކީ އެސްޕަޓް.އީގަވް.އެމްވީ އެވެ. ހިދުމަތް ހޯދާއިރު ވަދެވެނީ އެ ވެބްސައިޓަށްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ޕޯޓަލް އަކީ ބިދޭސީން ގެނައުމާ ގުޅޭ ކޯޓާ އާއި ވަޒީފާ އަދާކުރުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެެވެ.
މީގެ އިތުރުން އެ ޕޯޓަލް/ ވެބްސައިޓް ފިޔަވައި އެއްވެސް އެހެން ސައިޓަކަށް މައުލޫމާތު ނުދިނުމަށާއި އަދި އެފަދަ ސައިޓަކަށް ވަދެވިފައިވާ ނަމަ ޕާސްވޯޑް ރީސެޓްކުރަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އިމިގްރޭޝަންގެ ނަމުގައި ވެސް ފޭކް ވެބްސައިޓެއް ހިންގާތީ އެ އިދާރާއިން މިއަދު ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު