ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމަށް މުއްދަތު ޖަހަން އިންނެވި ގާޒީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ޝެއިހް ނިޝާންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެެެވެ. އޭގެ ފަހުން ތިން ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝައިޚް ނިޝާންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 13 ދުވަސް ޖަހާފައެވެެ.
މި މައްސަލައާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. އިޔާޒް ވިދާޅުވީ ފުލުހުންގެ ވާހަކަ ވެސް ރަގަޅެއް ނޫން ކަމަށެވެ. ހަމައެއާއެކު މުއްދަތު ޖަހަން އިންނެވި ގާޒީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ޝައިޚް ނިޝާނަކީ އެ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ އިސް މީހާއެވެ. އަދި ބޮޑު ފާފައެއް މަނާކުރުމަށް ގޮވާލައި ޝައިޚް ނިޝާން އަޑުއުފުލާފައިވާ ކަމަށާއި، ވަކި މިސްކިތަކަށް ނަމާދަށް ދިއުމަށް ޝައިޚް ނިޝާން ގޮވައިލިކަމަށް ފުލުހުން ބުނެފައިވެއެވެެ.

ކިޔުންތެރިންގެ ހިޔާލު