މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ފައުންޑަރ މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އަވަހާރަވުމަކީ ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.
ގޯގޯ ލަތީފު އަވަހާރަވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެޕާޓީގެ ބާނީ ކަމުގައިވާ ގޯގޯ ލަތީފު އަވަހާރަވުމަކީ އެޕާޓީއާއި ޕާޓީގެ އެންމެހައި މެންބަރުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެ ޕާޓީއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގު ނުކުރެވޭނެހައި މަތިވެރި ޚިދުމަތްތަކެއް ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
"ގެއްލިގެން އެދިޔައީ، ޕާޓީގެ ދެމިއޮތުމަށް މިންނެތް މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި ފަހުލަވާނެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެެ.
އެމްޑީޕީން ބުނީ ލަތީފަކީ، އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް ޕާޓީން ހޯދާފައިވާ އެންމެހައި ކާމިޔާބީތަކުގެ އެއް ބާނީ ކަމަށެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި ލަތީފަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ހާލަތަކީ، އެޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއްނޫން ކަމަށްވެސް އެމްޑީޕީން ބުނެއެެވެ. އެގޮތުން ލަތީފް ވެވަޑައިގެންނެވި ޤުރުބާނީއަކީ، ޤައުމުގައި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް އެމްޑީޕީން އިސްވެއޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ޤުރުބާނީއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ލަންކާގައި ދިރިއުޅުއްވާ ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ދަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. ލަތީފަކީ މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ އެޕާޓީގެ ހަގީގީ ބާނީއެވެ.

ކިޔުންތެރިންގެ ހިޔާލު