އެތެރޭގެ އިންތިހާބަކުން ދެން ރައީސް ޞާލިޙް ބަލި ނުކުރެވޭނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ޞާލިޙް ނުކުންނަވައިގެން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކޮށްދެވޭނެކަމަށް ލަފާ ނުކުރެވޭކަމަށް، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވުމާއި ގުޅިގެން މޫކޭ ވިދާޅުވީ، އެތެރޭގެ ކޮންމެ އިންތިހާބަކުން ދެން ރައީސް ޞާލިޙް ބަލި ނުކުރެވޭނެ ކަމަށާ 2023 ހޯދަން އެމްޑީޕީގެ މެޖޯރިޓީގެ އުންމީދު އޮތީ ރައީސް ޞާލިޙާއެކުކަމަށެވެ.



މޫކޭ މިފަދައިން ވިދާޅުވެފައިވާއިރު، ޙަސަން އިއްޔެ ވިދާޅުވީ، ރައީސް ޞާލިޙް ސިޔާސީ ހަޔާތްޕުޅުން ރައީސަށް އޭނާ ދޫކޮށް ނުލެއްވުނަސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއެކު މަސައްކަތް ކުރައްވަން އޭނާއަށް ދަތި ކަމަށެވެ. އަދި ރައީސް ސާލިޙާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ. ޙަސަން އެފަދައިން ވިދާޅުވީ، ޙަސަން ހިމެނޭހެން، އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން، ރައީސް ވެރިކަމަށް ގެނައުމަށް ކޮށްދެއްވި މަސައްކަތްތައް ހަނދާން ނައްތާ ނުލައްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ވީޑިއޯއެއް ޓްވީޓް ކުރައްވަމުންނެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަށްވާނެކަން އިއުލާން ކުރައްވައި ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު