މަރުކަޒީ ބޭންކު، އެމްއެމްއޭއިން ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ.

އެމްއެމްއޭއިން ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް މިއަދު ތައާރަފްކޮށްފައިވާއިރު، ރުފިޔާގެ ރަސްމީ ނިޝާން ފަރުމާކޮށް ހުށަހެޅުމަށް މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެމްއެމްއޭއިން ދިވެހި ރުފިޔާގެ ރަސްމީ ނިޝާންގެ ތައާރަފްކޮށްފައިވަނީ 'ރ' އަކުރު ރަމްޒުކޮށްދޭ ނިޝާނެކެވެ.

މި ނިޝާން ފަރުމާކޮށްފައިވަނީ ހަސަން ޝުޖާއު، މ. ސްޕޮޓްލައިޓްއެވެ.

މިކަމަށް ހުށަހެޅުނު ނިޝާންގެ ތެރެއިން އެންމެ ރަނގަޅު ނިޝާން ހޮވީ އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުންގެ އިތުރުން، މިފަދަ މަަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކޮމިޓީއަކުންނެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މި ނިޝާން ބޭނުންކުރާނީ ހިސާބު އަދަދުގެ ފަހަތަށް ވާ ގޮތަށެވެ. އަދި ދެން ޗާޕުކުރާ ނޫޓުތަކުގައި މި ނިޝާން ބޭނުންކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު