މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދެ ކަނބަލުން މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެ ކަނބަލުން މާދަމާ ފުރާވަޑައިގަންނަވާނީ އަމިއްލަފުޅު ދަތުރެއްގައެވެ. އަދި ހައްޖަށް ވަޑައިގަންނަވާނީ ރާއްޖެއަށް މިއަހަރު ލިބުނު ކޯޓާގެ ތެރެއަކުން ނޫނެވެ.

ރާއްޖެއިން މިއަހަރު 453 މީހަކު ހައްޖުގެ އަޅުކަމަށް ވަނީ ގޮސްފައެވެ. އަދި މިއަހަރު ރާއްޖެއިން އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުވެސް މިހާރު ވަނީ ޙައްޖަށް ފުރާވަޑައިގެންފައެވެ.

މައްކާގައި ތިބި ރާއްޖޭގެ ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތުދެއްވައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު