އިއްޔެ މަރުވި ކުޑަޖުއްޖެއްގެ މަރުގެ ހަބަރު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބައެއް މީޑިއާތަކުން އިއްޔެ ވަނީ އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މަރުވި ހާދިސާއެއް ރިޕޯޓްކޮށްފައެވެ. ނަމަވެސް އެއީ ބައެއް ކަހަލަ ކަންކަމަށް ރިޔާއަތްކޮށް މީޑިއާތަކުން އާއްމު ގޮތެއްގައި ގެނެސްދޭ މަރުގެ ހަބަރެއް ނޫނެވެ.
ފަޒްނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ކުއްޖަކު މަރުވި ހާދިސާ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރައްވާފައިވަނީ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށްކަން ހިތާމައާއެކު ފާހަގަކުރާކަމަށެވެ. އަދި އެގޮތައް އެކަން ނުކުރެއްވުމަށް އިހްތިރާމްއާއެކު ދަންނަވާކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ބައެއްގެ ކައިރީ ވަކިކަމެއް ކުރަން ނުވަތަ ނުކުރަން ބުނާއިރު އެއީ ކީއްވެކަން ރަނގަޅަށް އޮޅުން ފިލުވާދޭންޖެހޭ." ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ މިފަދަ ކަންކަން ވަކިގޮތަކަން ރިޕޯޓް ކުރުން ނުވަތަ ނުކުރުން މުހިންމު ވަނީ ކީއްވެކަން މީޑިއާގައި މަސައްކަތްކުރައްވާ ބޭދުޅުންނަށް އޮޅުން ފިލުވާދިނުމުގެ ސެޝަންއެއް ނެގޭނެ ގޮތަކާމެދު ޑަބްލިޔުއެޗްއޯގެ ރެޕްރެސެންޓެޓިވްއާއި ބައްދަލުވި ދުވަހެއްގައި މަޝްވަރާ ކުރެއްވިކަމަށެވެ. އަދި ކަމާގުޅޭ ފަރާތްތަކާއެކު އެކަންކުރަން މަސައްކަތްކުރައްވާނެކަމަށް ފަޒްނާ ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ތެރޭގައި އަމަލުކުރަންޖެހޭ ވަކި މިންގަނޑުތަކެއް އޮންނައިރު، ތިމާގެ ފުރާނައަށް ގެއްލުން ދޭން ހިތްވަރު ލިބޭފަދަ ހަބަރާއި މައުލޫމާތު ޝާއިޢުކުރުމަކީ އުސޫލާއި ހިލާފު ކަމެކެވެ. ނަމަވެސް ބައެއް މީޑިއާތަކުން މިފަދަ ހަބަރުތައް ގެނެސްދޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު