އެމްޑީޕީގެ ބާނީއެއްކަމަށްވާ މުހައްމަދު ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް ސާލިހު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ގޯގޯ ލަތީފް އަވަހާރަވުމާއި ގުޅިގެނެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏އެމްޑީޕީގެ އެއް ފައުންޑަރ މެންބަރު ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި ބޭފުޅެއްކަމަށެވެ. ރައީސް ވިދާޅުވީ މުޙައްމަދު ލަޠީފު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކުކަމަށެވެ.



ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ގޯގޯ ލަތީފް އަވަހާރަވުމާއި ގުޅިގެން އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު