އެމްޑީޕީގެ ބާނީ އެއްކަމަށްވާ މުހައްމަދު ލަތީފް ނުވަތަ ގޯގޯ ލަތީފްއަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބޭފުޅެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ގޯގޯ ލަތީފް އަވަހާރަވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ގޯގޯ ލަތީފްއަކީ އެމަނިކުފާނުގެ ހަޔާތުގައި ދިމާވި ވަރަށް ހިޔްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިއްވަރުގަދަ ބޭފުޅެއްކަމަށެވެ. އަދި އެއީ ސިޔާސީ ގިނަ ކަންކަމުގެ ހެޔޮ ލަފާދެއްވި ބައިވެރިއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ލަންކާގައި ދިރިއުޅުއްވާ ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ދަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. ލަތީފްއަކީ މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު