ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއްކަމަށްވާ މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނެތް އިރު، ސްރީލަންކާގައި އެމްޑީޕީ އިއުލާނުކޮށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅަކީ ގޯގޯ ލަތީފެވެ.

މީގެ އިތުރުން ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި، ރައީސް މައުމޫންގެ ދައުރުގައި ޖަލުގައި ހިނގި އީވާން ނަސީމް މަރުވި ބަޑިޖެހުމުގެ ހާދިސާއާއި ގުޅިގެން އެކަމުގައި ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެކަކީ ލަތީފެވެ.



ކިޔުންތެރިންގެ ހިޔާލު