މިއަދު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި ތިން ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މިއަދު ބާއްވާފައިވަނީ ށ. ޅައިމަގާއި ށ. ކޮމަންޑޫ އާއި ކ. ތުލުސްދޫ އަދި އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ މެންބަރުންގެ ބައި އިލެކްޝަނެެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮންމެ ގޮނޑިއަކަށްވެސް އެމްޑީޕީ އާއި ޕީޕީއެމުން ވަނީ ކެންޑިޑޭޓުން ނެރުނެވެ. އެހެން ނަމަވެސް ޕީޕިއެމަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެއެވެ.
އެގޮތުން ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން އައިމިނަތު މަޖުދާއެެވެ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރި މަރިޔަމް ޒުހުރާ ކާމިޔާބުކުރިއިރު, ކޮމަންޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ދެ ގޮނޑި ކާމިޔާބުކުރީ އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމާއި އެމްޑީޕީގެ ކެންޑިޑޭޓް އާއިޝަތު ވަހީދާ އެވެ.
ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި އާއިޝަތު ރަޝާދެވެ.

ކިޔުންތެރިންގެ ހިޔާލު