އުދައިގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެންމެން އެއްބައިވުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގޮނޑުރާޅު ގަދަވެ އުދަ އެރުމުގެ ހާދިސާތަކާއި ގުޅިގެން އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަމުންދަނިކޮށް ޖޭޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުދައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ކުރިމަތިވެފައިވާ ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށާއި މިވަގުތަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ޖޭޕީން ބުނީ، އުދައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް، ކަމާބެހޭ ފަރާތްތަކުން އަވަހަށް އެހީ ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީން ޔަގީންކުރާ ކަމަށެވެ. މީގެ އިތުރުން، މޫސުމާ ބެހޭ އިދާރާތަކާއި ކަމާއި ބެހޭ އެންމެހާ މުވައްސަސާތަކުން އަންގާ އެންގުންތަކާއި އިލްތިމާސްތަކަށް ބޯލަނބައި، ދަތުރުފަތުރުގެ ހުރިހާ އިންތިޒާމްތައް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އުދައިގެ ސަބަބުން ޒުވާނަކު ނިޔާވުމާއި، ލިބެމުންދާ ގެއްލުންތަކާއި އެކަމުން ލިބެމުންދާ ހިތާމައިގައި ޖޭޕީން ބައިވެރިވާކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވެ އުދަ އަރަމުން ދާއިރު، މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާކަމަށާއި، ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލްތަކުން ކުރިއަށް ގެންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އެންޑީއެމްއޭއިން ބުނިގޮތުގައި އުދައިގެ ސަބަބުން މިވަގުތު 3 ރަށަކުން 6 އާއިލާއެއް ތިބީ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު