ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ޖަމިއްޔާއިން މިއަދުވަނީ ނޫސްވެރިންނާ ބައްދަލު ކޮށްފައިކަމަށެވެ. އަދި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތުން އެ މާއްދާއާއި ދެކޮޅަށް އަޑު އުފުލަން ނޫސްވެރިން ގުޅިގެން އެކި ހަރަކާތްތައް ހިންގަން އެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ވެސް އެމްޖޭއޭއިން ބުނެފައިވެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅައި، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެއެވެ. ނަމަވެސް މަސްދަރު ހާމަ ނުކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައިވާ ހައްގެކެވެ.
މަޖިލީހުން އެ ބިލު ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެބިލު އަދި ތަސްދީގެއް ނުކުރައްވައެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މިހާރުވަނީ ރައީސަށް ސިޓީއެއް ފޮނުވާފައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި އެ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިންނާއި އެމްޖޭއޭ އިން ވަނީ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާ ކައިރީގައި އިހްތިޖާޖް ވެސް ކޮށްފައެވެ.

މިއަދު އެމްޖޭއޭއިން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާ އޮތް ގޮތުން އެ މާއްދާއާ ދެކޮޅަށް އަޑުއުފުލުމަށް ނޫސްވެރިން ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ނިންމިއްޖެ. pic.twitter.com/NDOZTfbGCU
— Maldives Journalist Association (@mjamaldives) July 2, 2022
މަޖިލީހުން އެ ބިލު ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެބިލު އަދި ތަސްދީގެއް ނުކުރައްވައެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މިހާރުވަނީ ރައީސަށް ސިޓީއެއް ފޮނުވާފައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި އެ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިންނާއި އެމްޖޭއޭ އިން ވަނީ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާ ކައިރީގައި އިހްތިޖާޖް ވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު