އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށް ސުންނާފަތި ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހީން ބަލައިގެންފައިވާ ދުސްތޫރީ ހަމަތައް ނިޒާމީ ގޮތެއްގައި ރޫޅާ ހަލާކު ކުރަމުންދާ ކަމަށެވެ. މިއީ ބަޔަކު އެނގި ތިބެ ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ހޭ އަރަންވީ ވަގުތަކީ މިއީ ކަމަށްވެސް އެމަނިކުފާނު، ވިދާޅުވިއެވެ.
ރައީސް ޔާމިން އެ އިޝާރަތް ކުރެއްވީ ދިވެހީންގެ ބަޔަކާއި ބިދޭސީއަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް އާންމުވެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރަށްވައު ކަމަށް ބެލެވެއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގެންދަނީ ރާއްޖޭގެ ގަދަރު ހުރި މުގައްދަސު ހުރިހާ އަގުތަކާއި އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށް ސުންނާފަތި ކުރަމުން ކަމަށެވެ.
މިހާރު އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި އެފަދަ ފޮޓޯތަކުގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން މިހާތަނަށް ވެސް އެކަން ކުރި މީހުން ހައްޔަރު ނުކުރާތީ ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.

B it a shocking wake up call.All de sacred values n norms tattered.Our Constitution of moral n democratic values systematically masticated to pave de way for an ignoble lmperator propped up by a police mastiff n a bullying Neighbor. Enjoy while it lasts
— Abdulla Yameen (@prz_ymn) July 2, 2022
ރައީސް ޔާމިން އެ އިޝާރަތް ކުރެއްވީ ދިވެހީންގެ ބަޔަކާއި ބިދޭސީއަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް އާންމުވެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރަށްވައު ކަމަށް ބެލެވެއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގެންދަނީ ރާއްޖޭގެ ގަދަރު ހުރި މުގައްދަސު ހުރިހާ އަގުތަކާއި އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށް ސުންނާފަތި ކުރަމުން ކަމަށެވެ.
މިހާރު އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި އެފަދަ ފޮޓޯތަކުގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން މިހާތަނަށް ވެސް އެކަން ކުރި މީހުން ހައްޔަރު ނުކުރާތީ ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.

BEL
ކިޔުންތެރިންގެ ހިޔާލު