ކޯވިޑް-19 އާ ގުޅިގެން އެމިރޭޓްސް އެއަރލައިންސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
އެމިރޭޓްސް އިން މި ފިޔަވަޅު އަޅާފައިމިވަނީ ވައިގެދަތުރުފަތުރު ކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުންކަމަށް އެކުންފުނިން ބުނެއެވެ.
ކޯވިޑް-19 ގެ ސަބަބުން ޤައުމުތަކަށް ދަތުރުކުރުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. ރާއްޖެއަށް ދަތުރުކުރާ އެތައް އެއާލައިނެއްގެ ދަތުރުތައް ވެސް ހުއްޓާލާފައިވާއިރު އެމިރޭޓްސް އަދިވެސް ދަތުރުކުރެއެވެ.
އެމިރޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަސިންޖަރުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިންގެ ސްކައި ކާގޯގެ ހިދުމަތް ކުރިއަށްދާނެ ކަމަށް ބުންޏެވެ. އަދި މިއީ މިނޫން އެހެން ގޮތެއް ނެތިގެން އެޅި ފިޔަވަޅެއް ކަމަށް ބަޔާނުގައިވެއެވެ.
މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު