ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު "ފޯން ބޫތު" މިއަހަރު އޮކްޓޫބަރ މަހު ރިލީޒް ކުރަން ހަމަޖެހި އިއުލާންކޮށްފިއެވެ.

ފަރްހާން އަހްތަރު ޕްރޮޑިއުސް ކުރާ މިފިލްމު ސިނަމާތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. މިފިލްމުގައި ކެޓްރީނާގެ އިތުރުން އިޝާން ކައްތަރު އަދި ސިދާންތު ޗަތުރްވޭދީ ފެނިގެންދާނެއެވެ.

މިފިލްމަކީ ބިރުވެރި ނަމަވެސް މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. އަދި މިފިލްމުގެ ރޯލަކުން ޖެކީ ޝްރޮފްވެސް ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން