ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން، އެފްއޭމުން މިރޭ އުވާލުމާއި ގުޅިގެން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޠާރިޤް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށްބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުގެ ސަސްޕެންޝަން އެފްއޭއެމުން އުވާލާފައިވަނީ ތިން އަހަރަށްފަހު މިރެއެވެ. އެކުލަބާ މެދު އެފްއޭއެމުން ފިޔަވަޅު އެޅީ ކުލަބުން ދިވެހި އަދި ބޭރުގެ ކުޅުންތެރިންނަށާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދޭތީ ކަމަށް ބުނެއެވެ. ތިން އަހަރަށް ފަހު ނިއުއާއި ދެކޮޅަށް އެފްއޭއެމުން އަޅާފައިވާ ފިޔަވަޅުތައް މިރޭ އުވާލިއިރު މީގެ ކުރިން ވަނީ ފީފާއިން އެކްލަބާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައެވެ. ފީފާގެ ސަސްޕެންޝަން އުވާލީ ނިއުއިން ބޭރުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.
އެ ފައިސާގެ ޖުމުލަ އަދަދު 3.3 މިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް ނިއުގެ ބޯޑު އަލުން އެކުލަވާލާ ހިންގަން ފެށުމާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި 3.3 މިލިއަން ރުފިޔާ ހޯދާ ކުލަބަށް މިވަނީ ދިރުން ގެނެސްފައެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން ޓޮމް މިއަދު ވިދާޅުވީ، ނިއު އަނބުރާ ފުޓްބޯޅަ ދަނޑަށް ނުކުމެވޭނެ ދޮރު ހުޅުއްވައިދެއްވުމަކީ ރައީސް ޞާލިޙް ކޮށްދެއްވި ހެޔޮކަމެއް ކަމަށެވެ. އަދި ނިއުގެ އެންމެހާ ސަޕޯޓަރުންނަށް ޓޮމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ނިއުރޭޑިއަންޓް އަލުން ފުޓްބޯޅަ ދަނޑަށް ނެރުމުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާ ކަމަށް ކްލަބުގެ އައު ހިންގާ ކޮމިޓީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު