ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްްސް ކްލަބްގެ ސަސްޕެންޝަން، އެފްއޭމުން މިރޭ އުވާލައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ވިދާޅުވީ ނިއުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ އެކްސްކޯ އަށް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއިން މިދިޔަ މަހު ދީފައިވާ ވަގުތީ ބާރުގެ ދަށުން، އެ ކްލަބްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

ފުޓުބޯޅައިގެ ރަސްގެފާނު ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުގެ ސަސްޕެންޝަން އުވާލާފައިވަނީ ތިން އަހަރަށްފަހުއެެވެ. އެކަލަބާ މެދު އެފްއޭއެމުން ފިޔަވަޅު އެޅީ ކުލަބުން ދިވެހި އަދި ބޭރުގެ ކުޅުންތެރިންނަށާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދޭތީ ކަމަށް ބުނެއެވެ. ތިން އަހަރަށް ފަހު ނިއުއާއި ދެކޮޅަށް އެފްއޭއެމުން އަޅާފައިވާ ފިޔަވަޅުތައް މިރޭ އުވާލިއިރު މީގެ ކުރިން ވަނީ ފީފާއިން އެކްލްބާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައެވެ. ފީފާގެ ސަސްޕެންޝަން އުވާލީ ނިއުއިން ބޭރުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

ނިއުރޭޑީއަންޓް އަލުން ދަންޑަށް ނުކުތުމަށްޓަކާ ކްލަބުގެ ހިންގާ ކޮމިޓީ އަލުން އިންތިޚާބުކޮށް މީގެކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކޮމިޓީން ކުރި މަސައްކަތުން ބޭރުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާ ދައްކާ ނިންމާފައިވާއިރު އެކްލަބުން ރާއްޖޭގެ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކާ އެ ކުޅުންތެރިންނާއެކު ވަނީ ސެޓްލްމެޓް އެގްރީމެންޓްތަކެއް ހަދާފައެވެ.

ނިއުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވަނީ އެ ކްލަބުން މުސާރަ ނުދޭތީ އެފްއޭއެމަށް މައްސަލަ ހުށަހެޅި ކުޅުންތެރިން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ސޮއި ކޮށްފައިވާ ސެޓުލްމެންޓް އެގްރިމެންޓްތަކުގެ ސައްހަކަން ބެލުމަށްފަހު އެވެ.

ރާއްޖެގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް، ނިއުރޭޑުއަންޓް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަސްޕެންޑްކުރީ އެޓީމަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ދީފައި ނުވާ މައްސަލަތަކެއްގައެވެ. ފީފާ އަށް މައްސަލަ ހުށަހެޅި ކުޅުތެރިންނާއި ކޯޗަށް ދޭން ޖެހޭ 2،15000 ޑޮލަރު މިދިޔަ ހަފުތާގައި ދައްކާ ޚަލާސް ކޮށްފައިވާތީ ފީފާއިން ވަނީ މިހަފުތާގައި ޓްރާންސްފާ ބޭން އުވާލާފައެވެ.

އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި އެ ކްލަބުން މިހާރު ވަނީ ފަށާފައެވެ. ފީފާގެ ޓްރާންސްފާ ބޭން އުވާލުމުން އެޓީމަށް ބިދޭސީ ކުޅުންތެރިން ތަކެއް ވެސް މިހާރު ވަނީ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހުންގާނު

01-Jul-2022

އަލްޙަމްދުލިﷲ


9

އާރީ

01-Jul-2022

ނިއުގެ މިހާރުގެ މެނޭޖްމަށްޓަށާއި ދެގޮތެއް ނުވެ ތިބި ސަފޯޓަރުންނަށް ވަރަށް ބޮނޑަށް ސުކުރިއްޔާ!


7

މޯޑް

01-Jul-2022

ނިއުރޭޑިޔަންޓް ގެ ދިގުމާޒީގަ ނުދެކޭފަދަ ހިތްދަތި ފުން ވަޅުގަޑަކުން އަރައިގަނެވުނީ ނިއުގެ ހިތްވަރުގަދަ ސަފޯޓަރުން ވޭތުވެދިޔަ 3 އަހަރު ކުރި ބުރަމަސައްކަތުން. މުންސަދި މަހުޖަނަކު ޓީމަށް ހަވާލު ނުވިޔަސް ނިއުގެ ސަފޯޓަރުން އެ ދަށްކުވައިދިނީ އެމީހުންނަށް ވެސް އެކަށް ވާނެކަށް. ތީ ފިސާރި ސަފޯޓަރުން ތަކެއް ތިބި ޓީމެއް.


-10

ޗައިވާލާ

01-Jul-2022

ﷲ ކިބަފުޅަށް ޝުކުރުކުރަން. އިރާދަކުރެއްވިޔާ ކުރިއަށްއޮތްތަނުގައި ނިއުރޭޑިޔަންޓް ކުރީގައި އޮތްމަގާމަށް އާދެވި، އާކުޅުންތެރިން ނިއުއިން ނެރެ، ނިއުއަށާއި ރާއްޖޭގެ ޤައުމީޓީމަށް ވަރަށް ފުރިހަމަ ކާމިޔާބުތަށް ލިބޭނެ.


14

ބައްސާމް

01-Jul-2022

މިޓީމް އާއި ނުލާ ދިވެހި ފުޓްބޯޅައެއް ނުދިރާނެކަން އެނގޭ.



ޓްރެންޑިން