އައްޑޫސިޓީގެ ބިން ހިއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް، ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އައްޑޫ ހޮސްޕިޓަލްގެ ހާލަތާ އަދި އައްޑޫ ބިން ހިއްކުމުގެ ކަންކަމާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެެ.
އެސުވާލަށް ޖަވާބުު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ބިން ހިއްކުން މުހިންމު ކަމަށެވެ. އެކަމާ މެދު މަޖިލީހުގެ ކޮމިޓީތަކުގައި އެކި ބާވަތުގެ މަޝްވަރާ ކުރިއަށްދިއުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބިން ހިއްކުމުން ލިބިދާނެ ގެއްލުންތައް ވެސް ދެނެގަތުން މުހިންމު ކަމަށާއި، އަދި އެ ގެއްލުންތައް ކުޑަވާނެ ގޮތެއް ހޯދުންވެސް ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް މަޖިލީހުގެ އެމްޑީޕީގެ އެއްވެސް މެމްބަރަކު ދެކޮޅު ނުހައްދަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްގެން އައްޑޫގެ ހޮސްޕިޓަލްގެ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށާއި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ބޮޑު އަހަމިޔަތެއް ދޭކަމަށެވެ. އަދި ހޮސްޕިޓަލްގެ މަސައްކަތްތަކަށްވެސް ސަރުކާރުން އަހައްމިޔަތުކަން ދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު