ރާއްޖެ ޓްރާންސްޕޯޓް ލިންކު ނިޒާމުގެ ދަށުން ހއ. އަތޮޅުގައި ގާއިމުކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ހއ. ގެ ދަތުރުތައް މިއަދު ފެށީ ހއ. ތުރާކުނުން ފަތިހު 5:45 ގައެވެ.

ހއ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް މިއަދު ފެށިއިރު މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ހއ. އަތޮޅުގައި ޚިދުމަތް ދިނުމަށް ފަސް ފެރީ ބޭނުންކުރާނެ ކަމަށެެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ހއ. އަތޮޅުގައި މިއަދު ފަށާފައިވާއިރު، ދަތުރުކުރުމަށް ރަށު ކައުންސިލް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

އެ ޚިދުމަތް މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުން ވަނީ ރަސްމީކޮށް ފަށާފައެވެ. އޭގެ ކުރިން، މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގައި ވެސް ޓެސްޓު ދަތުރުތަކެއް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން