އިންޑިޔާގެ ސައިންޓިސްޓެއް ކަމަށްވާ ނަމްބީ ނާރާޔަން ގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް، ރޮކެޓަރީ: ދަ ނަމްބީ އިފެކްޓް، ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމުން ޝާހް ރުކް ޚާން ފެނިގެން ދާނެ ކަމަށް ބޮލީވުޑް ހަންގާމާ އާ ހަވާލާދީ ޖިއޯ ނިއުސްއިން ބުނެފިއެވެ.

މި ފިލްމުގެ ލީޑް ރޯލުން އެކްޓަރ މާދަވާން ފެނިގެން ދާއިރު ޝާހް ރުކް ފެނިގެން ދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. މިފިލްމް ނެރުމަށް ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނެތް ކަމުގައި ވީނަމަވެސް، މިފިލްމް ނެރެން ހަމަޖެހިފައިވަނީ މި އަހަރު ތެރޭގައި ކަމަށްވެސް ޖިއޯ ނިއުސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ޝާހް ރުކް ޚާން އެންމެ ފަހުން ފެނިފައިވަނީ ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާ އާއެކު 2018 ވަނަ އަހަރު ނުކުތް ފިލްމް ޒީރޯ އިންނެވެ. މި ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބި ފްލޮޕް ވުމަށް ފަހު، ޝާހް ރުކް ޚާންގެ އިތުރު އާ ފިލްމެއް ނެރެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން