‏ދީނީ އިލްމުވެރިންނާމެދު އަދުލުވެރިކޮށް އަމަލުކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.

ޑރ. ވަހީދު މިކަމަށް ގޮވާލައްވާފައި މިވަނީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތަކަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާއި ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިންކަމަށްވާ ޝައިހު އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.

ޑރ. ވަހީދު މިއަދު ވިދާޅުވީ ‏ދީނީ އިލްމުވެރިންނަކީވެސް ދިވެހި ރައްޔިތުންކަމަށެވެ. އަދި ޤާނޫނާއި އެއްގޮތަށް ޢަދުލްވެރިކަމާއެކު އެބޭފުޅުންނާމެދު އަމަލުކުރެއްވުމަށް ޑރ. ވަހީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.



ޝައިހު އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުޙައްމަދު ހައްޔަރުކޮށްފައިވާއިރު، ދެ ޝެއިޚުންނަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު