ރޯޑްވާދިނަސް ހައްދައިދިނުމުގައި ބައެއް ގަރާޖްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އެންމެ އެދެވޭގޮތުގައި ނުބަލާކަން ފާހަގަކުރެވިފައިވާކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނާއި ތަމްރީން ހިންގުމުގެ މަސައްކަތްތައް މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށްގެންދާގޮތަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި ބޭއްވި އެރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ދެމެދު ގާއިމްކުރި މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހީމް ޙަސަނެވެ.

މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، ރޯޑްވާދިނަސް ހައްދައިދިނުމުގައި ބައެއް ގަރާޖްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އެންމެ އެދެވޭގޮތުގައި ނުބަލާކަން ފާހަގަކުރެވޭކަމަށެވެ. އަދި މާލޭ ސަރަޙައްދުގައި ރޯޑް ވާދިނަސް ހަދާ ގަރާޖުތަކުގައި މަސައްކަތްކުރާ ދިވެހިންނަކީ މިކަމުގެ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމަކީ މި އެއްބަސްވުމުގެ އަމާޒެއްކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.





ނަހުލާ ވިދާޅުވީ ލައިންސަންސް ދިނުމުގެ މަސައްކަތް ޕޮލިޓެކްނީކާއި ހަވާލުކުރުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެއްކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ރޯޑްވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސަކު ހުރުން މުހިއްމުކަމަށް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ލައިސަންސް ދޫކުރުމުގެ މަސައްކަތް ޕޮލިޓެކްނީކާއި ހަވާލުކޮށްފައިވާއިރު، އެމަސައްކަތް މިހާތަނަށް ކުރަމުންދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެގޮތުން އެކަމަށްޓަކައި ތިއަރީ އިމްތިހާނަކާއި ދުއްވުމުގެ ޓެސްޓެއް ހަދަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަހުމަދު

25-Jun-2022

ދެން ގުދުވެފަ ރޯޑު ވާދިނަސް އޮތްތޯބަންވީ



ޓްރެންޑިން